ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.02 ޕްރޮކިއުމަންޓުގެ އުސޫލުތައް
  • ބީލަމުގެ ކަންތައް ކުރިޔަށް ގެންދަންވާނީ އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، ޒިންމާދާރު ގޮތެއްގެމަތިންނެވެ.

  • ބީލަމުގައި ބައިވެރިވާ ފަރާތެއްގެ (ބީލަންވެރިންގެ) ނަސްލަށް، އުފަންވި ޤައުމަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ އެނޫންވެސް ގޮތަކުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން މެނުވީ ބީލަމުގައި ބައިވެރިވުން މަނައެއް ނުކުރެވޭނެއެވެ.

  • ބީލަމުގެ ކަންތައްތައް ވާދަވެރި ގޮތެއްގައި ގެންދިޔުމަށްޓަކައި، އެކަމަށް ޤާބިލު ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދޭންވާނެއެވެ.

  • ބީލަމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނީ އެއް އުސޫލަކުންނެވެ. ގަވާއިދާ އެއްގޮތަށް ބީލަމުގެ ކަންތައް ހިންގުމުގައި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.

  • ޕްރޮކިއުމަންޓުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޢަމަލުތައް މިނިސްޓްރީން ކަނޑައަޅާ ސުލޫކީ މިންގަނޑާ އެއްގޮތަށް ބަހައްޓަންވާނެއެވެ.