ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.02 ރާއްޖެއިން ބޭރަށް ކުރާ ދަތުރު ޚަރަދު
  • ދައުލަތުގެ އޮފީސްތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ޚަރަދު ދޭނީ މިނިސްޓަރު ކަނޑަޅާ އުސޫލެއްގެ މަތިންނެވެ.

  • ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ނަގަންޖެހޭ ބޭރުފައިސާ ހޯދުމަށް ދައުލަތުގެ އޮފީހަކުން ޕޭމަންޓްވައުޗަރު ހުށަހަޅަންވާނީ ދަތުރު ފެށުމުގެ ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަސް ކުރިންނެވެ. މިގޮތުން ހުށަހަޅާއިރު ވައުޗަރާއެކު ހިމަނަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ދަތުރަށް އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ހުއްދަދިން ލިޔުމުގެ ކޮޕީއެއް ހިމަނަންވާނެއެވެ.