ދައުލަތުގެ ޚަރަދުގައި އެއްވެސް މުވައްޒަފަކަށް މޯބައިލްފޯނު ހޯދައިދީގެން ނުވާނެއެވެ. ނަމަވެސް ދައުލަތުގެ ޚިދުމަތުގައި ގިނަވަގުތު އުޅެންޖެހޭ މުވައްޒަފުންނަށާއި، ޚާއްޞަ ކަމެއް ދިމާވެގެން އެކަމުގައި އުޅެންޖެހޭ މުވައްޒަފުންނަށް ފޯނުއެލަވަންސެއް ދެވިދާނެއެވެ. މިގޮތުން ފޯނުއެލަވަންސްގެ ގޮތުގައި ފައިސާދޭނެ އަދަދު ކަނޑައަޅަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާކޮށްގެންނެވެ.