އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހޯދުމަށް ނުވަތަ އެކައުންޓަށް ފައިސާ ޓްރާންސްފަރކުރުމަށް ތިރީގައިމިވާ ލިޔުންތަކާއެކު ކޮންމެ މީލާދީ މަހެއްގެ 20 (ވިހި) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ފެކްސް ނުވަތަ އީ-މެއިލްގެ ޒަރީއާއިން ފޮނުވުމަށްފަހު، އެ ލިޔެކިޔުންތަކުގެ އަސްލު، އެ މަހެއްގެ ސަރުކާރު ބަންދު ނޫން އެންމެފަހު ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވަންވާނެއެވެ.
- ކުރިޔަށް އޮތް މަހަށް ފައިސާ ހޯދުމަށް އެދި ހުށަހަޅާ ޕޭމަންޓް ވައުޗަރު (MG/BC04 )
- ކުރިޔަށް އޮތް މަހުގެ ޚަރަދަށް އެޑްވާންސަށް ބޭނުންވާނެކަމަށް ލަފާކުރާ ފައިސާ (MG/RV08)
- ވޭތުވެދިޔަ މަހު އެޑްވާންސް ފައިސާއިން ކުރެވުނު ޚަރަދާއި ބާކީގެ ހިސާބު MG/RV09
- ޗެކު ރަޖިސްޓަރީ MG/BC08
- ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް MG/RV10
- ބޭންކް ސްޓޭޓްމަންޓުގެ ކޮޕީ