ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް ނުވަތަ ގެއްލޭ ގެއްލުމެއް ނުވަތަ އުނިވާ އުނިވުމެއް ނުވަތަ އަނބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތާލެވިފައިވާ ނުވަތަ ހަލާކުވެފައިވާ ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ނުލިބޭނެކަމަށް ދޫކޮށްލާ ފައިސާއާއި މުދަލާ ބެހޭގޮތުން ދައުލަތުގެ އޮފީސްތަކުން ލިބޭ ހުށަހެޅުންތައް ބަލައިގަނެ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ތައްޔާރުކުރަންޖެހޭ ރިޕޯޓު މިނިސްޓަރަށް ހުށަހަޅާނީ ފައިނޭޝަލް ކޮންޓްރޯލަރެވެ.