ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.04 ކޯސްތަކުގައި ފޮނުވާ މީހުންގެ ދަތުރުފައިސާ
  • ސްކޮލަރޝިޕް، ފެލޯޝިޕް ނުވަތަ ޓްރޭނިންގ ކޯހަށް ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ ދަތުރު ހެދުމަށް ފައިސާ ދޭނީ ތިރީގައިމިވާ ގޮތަށެވެ. މި ފައިސާ ލިބޭނީ އެ މީހަކު ބައިވެރިވާ ސްކޮލަރޝިޕް، ފެލޯޝިޕް ނުވަތަ ޓްރޭނިންގ ކޯހުގެ މުއްދަތު ކުރުވެގެން 1 (އެކެއް) މަސްދުވަހަށް ވާނަމައެވެ.

    1. ފިނިހޫނުމިން އާދައިގެ ރަށަކަށް ދާ މީހަކަށް -/1,600 (އެއް ހާސް ހަސަތޭކަ) ދިވެހިރުފިޔާ.
    2. ފިނިރަށަކަށް ދާ މީހަކަށް -/3,200 (ތިން ހާސް ދުއިސައްތަ) ދިވެހިރުފިޔާ.
    3. ފިނިމޫސުމާއި ހޫނުމޫސުމުގައި ހިންގާ ކޯހަކަށް ދާ މީހަކަށް -/4,800 (ހަތަރު ހާސް އަށް ސަތޭކަ) ރުފިޔާ.
  • ކޯސްތަކުގައި ދާ މީހުންނަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފައިސާ ދޭންވާނީ، ކޯހުގައި ފޮނުވާ މީހުންނަށް އަހަރަކު 1 (އެކެއް) ދަތުރަށެވެ. ނަމަވެސް 1 (އެކެއް) އަހަރުގެ ތެރޭގައި އެއްފަހަރު ފިނިރަށަކަށް އަނެއް ފަހަރު ފިނިހޫނުމިން އާދައިގެ ރަށަކަށް ފޮނުވާނަމަ، މި މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފައިސާ ދޭންވާނެއެވެ.

  • ދިގު މުއްދަތުގެ ކޯހުގައި ދާ މީހުންނަށްވެސް ދަތުރު ހެދުމުގެ ފައިސާ ދޭނީ ކޯހުގައި ފުރަތަމަ ފުރާއިރުގައެވެ.

  • އެކިއެކި ކޯސްތަކުގައި ދާ މީހުންގެ ޚަރަދަށް އެ ކޯސް ދޭ ފަރާތުން ދޭ ފައިސާއާއި މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސަރުކާރުން ދޭ ފައިސާގެ އިތުރު ޚަރަދެއް ހޯދުމަށް ކޯސްތަކުގައި ދާ ފަރާތްތަކުން ހުށަހެޅިކަމުގައިވިޔަސް އެފަދަ ޚަރަދެއް ދޭކަށް ނުޖެހޭނެއެވެ.