ދައުލަތުގެ މުދާ

11.19 ސްޓޮކުން ތަކެތި ދޫކުރުން

އޮފީހުގެ މަސައްކަތަށް ބޭނުންވާ އެއްޗެއް "މުދާ ލިބިގަތުމަށް އެދޭ ފޯމު" ން ހުށަހެޅުމުން އެ ފޯމުގައިވާ މުދަލެއް ސްޓޮކުގައި ހުރިނަމަ އެ މުދަލެއް ދޫކުރުމާއި، ސްޓޮކުގައި ނެތްނަމަ އެ އެއްޗެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ތިރީގައިވާ ގޮތުގެމަތިން ކުރިޔަށް ގެންދަންވާނެއެވެ. (MG/PC01)

  • ގިނަ އަދަދަކަށް ސްޓޮކުން ތަކެތި ދޫކުރަންޖެހޭ ތަންތަނުން، ސްޓޮކުން އެއްވެސް އެއްޗެއް ދޫކުރާނަމަ، މުދާ ލިބިގަތުމަށް އެދޭ ފޯމު ފުރިހަމަކޮށްގެން ދޫކުރުން.

  • މުދާ ލިބިގަތުމަށް އެދޭ ފޯމުތަކުގެ އަސްލު، ސްޓޮކް ބަލަހައްޓާ މުވައްޒަފެއްގެ ހަވާލުގައި ފައިލުކޮށްފައި ބެހެއްޓުން.

  • މުދާ ލިބިގަތުމަށް އެދޭ ފޯމުތަކުގެ ކޮޕީ، އެ ފޯމު ފޮނުވާ ފަރާތުގެ ހަވާލުގައި ފައިލުކޮށްފައި ބެހެއްޓުން.