ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.32 ޚައިރާތުފޮށި ބެހެއްޓުމާއި، އެ ފޮށި ހުޅުވުން
  • ދައުލަތުގެ އެއްވެސް އޮފީހަކުން ޚައިރާތު ފޮށްޓެއް ބަހައްޓަންވާނީ، އެ އޮފީހަކުން ހަމަޖައްސާ ގޮތެއްގެމަތިން އެއީ ކޮންކަމަކާ ގުޅިގެން ބަހައްޓާ ފޮށްޓެއްކަމާއި، އެ ފޮށި ބެހެއްޓުމުގެ ބޭނުމާއި، މަޤުޞަދު، އަދި އެކަމުގައި އުޅޭނެ ފަރާތްތައް އެ އޮފީހެއްގައި ރަޖިސްޓަރީކޮށްގެން ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ. ޚައިރާތު ފައިސާ ލުމަށް ބަހައްޓާފައި ހުންނަ ފޮށިފޮށިން ފައިސާ ނެގުމަށްޓަކައި، އެފަދަ ފޮށި ހުޅުވަންވާނީ، އެ އޮފީހުގެ އިސް 2 މުވައްޒަފުންނާއި، އޮފީހުގެ ވެރިޔެއްގެ ހާޒިރުގައެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފޮށި ހުޅުވާއިރު ހުންނަ ފައިސާ ގުނައި، ހުރި އަދަދު އެކަމަށް ކަނޑައެޅިފައި އޮންނަ ވަކި ފޮތެއްގައި ނުވަތަ ޝީޓެއްގައި ލިޔެ، މި މާއްދާގެ (ހ) ގައި ބުނެވުނު ފަރާތްތަކުން އެ ފޮތުގައި ނުވަތަ ޝީޓުގައި ސޮއިކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފޮށި ހުޅުވާއިރު ހުންނަ ފައިސާ ގަވާއިދުން އޮފީހަށް ބަލައިގަނެ، ރަސީދެއް ދޫކުރަންވާނެއެވެ.