ދައުލަތުގެ އޮފީހެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައި ނުވަތަ އެހެންވެސް ފައިސާ ރައްކާކުރުމަށް ހަދާފައިވާ ތަނެއްގައި އެއްވެސް ފަރާތެއްގެ އަމިއްލަ ފައިސާއެއް ނުވަތަ ޗެކެއް ބަހައްޓައިގެން ނުވާނެއެވެ.
މި މާއްދާގެ (ހ) ގައި ބުނެފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ފައިސާ ވާނީ ދައުލަތުގެ ފައިސާކަމުގައެވެ.