ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.08 އިދާރީ ހިންގުން
  • މި ގަވާއިދުގެ 10.07 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕްރޮކިއުމަންޓާބެހޭ ކަންތައްތައް ހިންގާނެ ފަރާތެއް، ދައުލަތުގެ މާލީ ވުޒާރާގައި ޤާއިމުކުރަންވާނެއެވެ. މި ފަރާތުގެ މަސައްކަތް ހިންގާނެ ގޮތުގެ އޮޕަރޭޝަން މެނުއަލެއް އެ ވުޒާރާއިން އެކުލަވައިލަންވާނެއެވެ.

  • މި ގަވާއިދުގެ 10.07 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގުމުގައި ހަރުދަނާކަމާއެކު، އެއް އުސޫލަކުން ހަމަހަމަގޮތެއްގައި ގެންގޮސް ނިންމުމަށް ދައުލަތުގެ ކޮންމެ އޮފީހެއްގައި ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ.