ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.26 އިހުމާލުވެގެން ކުރާ ޖޫރިމަނާގެ ފައިސާ ދެއްކުން
  • މުވައްޒަފަކު ހުއްދަ ނޫން ޢަމަލެއް ކޮށްގެން ނުވަތަ އިހުމާލުވެގެން ކުރެވޭ ޖޫރިމަނާއެއް، އެ ޖޫރިމަނާ ކުރެވުނުކަން އެމީހަކަށް އަންގައި، ފައިސާ ދެއްކުމަށް ނިންމާ ގޮތެއްގެމަތިން އެ ފައިސާ ދައްކައި ޚަލާޞްކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުން ނަގާ ފައިސާވެސް ބަލާނީ އާމްދަނީ ފައިސާގެ ގޮތުގައެވެ. ނަމަވެސް، މުވައްޒަފެއްގެ އިހުމާލުން އެހެން ފަރާތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްނަމަ އެ މުވައްޒަފެއްގެ އަތުން މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ ފައިސާ ހޯދައި އާމްދަނީގެ ގޮތުގައި ޖަމާކުރާނީއެވެ. އެފަރާތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމަށް ޚަރަދުކުރާނީ އެ އޮފީހެއްގެ ބަޖެޓުންނެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުވައްޒަފަކު އިހުމާލުވެގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށް ފެންނަ ގޮތެއް އެ އޮފީހަކުން ނިންމުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައި ހުއްދަ ލިބޭ ގޮތެއްގެމަތިން އެ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދަންވާނެއެވެ.