ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.15 ބީލަމުގައި ބައިވެރިވެފައިވާ އެހެން ބީލަންވެރިންނަށް އެންގުން
  • މި ގަވާއިދުގެ 17.09 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީހަކަށް ޕްރޮކިއުމަންޓާގުޅޭ މައްސަލައެއް ބެލުމަށް ހުށަހެޅުމާއެކު، އެ އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށާއި އެ ބީލަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަކަށް، ބީލަމާ ގުޅޭގޮތުން މައްސަލައެއް ހުށަހެޅިފައިވާކަމާއި، ހުށަހެޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން އަންގަންވާނެއެވެ.