ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.35 ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތް ކޮށްދިނުމާއި ޚިދުމަތްދިނުން
  • ދައުލަތުގެ ތަނަކުން އަގަށް ޚިދުމަތެއް ދޭނަމަ، ނުވަތަ ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތެއް ކުރުވާނަމަ، ކުރުވަންވާނީ މި ގަވާއިދު ބާބު 10 ގައިވާ ގޮތުގެމަތިންނެވެ.

  • ދައުލަތުގެ ތަންތަނުން ޚިދުމަތެއް ދިނުމުގައި، ވަކި އުސޫލެއް، ނުވަތަ ފައިސާ ނަގާނެ ވަކި ރޭޓުތަކެއް ހަމަޖައްސާފައިވާ ތަންތަނުން ޢަމަލުކުރާނީ، އެ އުސޫލުންނެވެ. ޚިދުމަތްދިނުމަށް ހަމަޖައްސާފައިވާ އަގުތައް ލިޔުމުން އެނގެން އޮންނަންވާނެއެވެ.