ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.16 މާލީއިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

މާލީއިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • އޮފީހުގެ ނަން
  • އިންވެސްޓްމަންޓް ފެށި ތާރީޚު
  • އިންވެސްޓްމަންޓުގެ ބާވަތް
  • އިންވެސްޓްމަންޓުގެ މުއްދަތު ހަމަވާ ތާރީޚް
  • އިންވެސްޓްކުރެވިފައިވާ އަދަދު
  • އިންވެސްޓްކުރުމަށް ދެވިފައިވާ ހުއްދަ
  • ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ ފައިދާ