ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.02 ފާސްވި ބަޖެޓް ލިބުމުން ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރާނެ ގޮތް
  • ފާސްވި ބަޖެޓް ލިބުމުން އެ އޮފީހަކުން ބަޖެޓްކުރި ޕްރޮގްރާމުތަކަށް ލަފާކުރި އަދަދާއި ފާސްވެގެން ލިބުނު ބަޖެޓާ އަޅައިކިޔައި މުރާޖަޢާކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތަށް މުރާޖަޢާކުރުމުގައި އެ މާލީއަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިނިސްޓަރު ދޫކުރި ބަޖެޓަށްވުރެ އިތުރުނުވާގޮތަށް އެތަނެއްގެ އަހަރީ ޕްރޮގްރާމުތައް، އިސްކަންދޭ ތަރުތީބުން ރާވަންވާނެއެވެ.

  • ފާސްވި ބަޖެޓު ލިބުމުން ފާސްކުރި ބަޖެޓުގައި އެ އޮފީހަކަށް ލިބޭ އާމްދަނީއާއި އެ އޮފީހަކުން ކުރާ ޚަރަދުގެ ކޭޝްފްލޯ ޕްލޭނެއް، މިނިސްޓަރު ކަނޑައަޅާ ފޯމެޓަކަށް، ތައްޔާރުކުރަންވާނެއެވެ. އަދި މި ކޭޝްފްލޯ ޕްލޭން ބަޖެޓް ފާސްކުރިތާ 3 (ތިނެއް) ހަފުތާވުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.