މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.19 ދައުލަތުގެ މުވައްޒަފުންގެ ޕެންޝަން
  • ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށް ޕެންޝަން ދޭނީ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  • މި މާއްދާގެ (ހ) ގައި މިހެން އޮތްކަމުގައި ވީނަމަވެސް، ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކުގައި ވަޒީފާއަދާކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ދިނުމުގައި ޢަމަލުކުރާނީ އެ ޤައުމެއްގެ ޤާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

  • ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ކަނޑަންޖެހޭ ފައިސާއާއި ދައުލަތުގެ ފަރާތުން އެ މުވައްޒަފުންނަށް ޖަމާކޮށްދޭންޖެހޭ ފައިސާ ޚަރަދުކުރާނީ ފައިނޭންޝަލް ކޮންޓްރޯލަރ ނިންމާ ގޮތެއްގެމަތިން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހަކުންނެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަނޑައަޅާ ގޮތެއްގެމަތިން އެ އޮފީހަށް ދައްކަންވާނެއެވެ.

  • މި މާއްދާގެ (ހ) ، (ށ) އަދި (ނ) ގައި ބަޔާންކުރެވިފައިވާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް އެ މުވައްޒަފެއްގެ މުސާރައިން ކަނޑާ ފައިސާއާއި ދައުލަތުން ޖަމާކޮށްދޭ ފައިސާގެ ހިސާބު އެ މުވައްޒަފަކަށް މުސާރަދޭ ދައުލަތުގެ އޮފީހަކުން އެނގެން އޮންނަންވާނެއެވެ.

  • ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ކުރިން ދައުލަތުގެ ބަޖެޓުން ދެމުންއައި ޕެންޝަން ފައިސާ ދޫކުރުމާއި، އެކަމާގުޅޭ ރިކޯޑުތައް ބަލަހައްޓަމުން ގެންދާނީ މިނިސްޓަރު ނިންމާ ގޮތެއްގެމަތިންނެވެ.