ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.28 ޕްރޮކިއުމަންޓުގެ ކަމެއް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް
  • ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ތަފުސީލުކޮށް ލިޔުމުން އެނގެން އޮންނާނެގޮތަށް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ތަކެތި ގަންނަނަމަ، ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި ތަފުސީލާއި އަންދާޒާ އަގު، މަސައްކަތެއްނަމަ ބީ.އޯ.ކިޔުނު (ބިލް އޮފް ކުއަންޓިޓީ) އާއި ކުރެހުމާއި ސްޕެސިފިކޭޝަނާއި، އަންދާޒާ އަގު، ޚިދުމަތެއްނަމަ އެ ޚިދުމަތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި އަންދާޒާ އަގު ލިޔެވިފައި އޮންނަންވާނެއެވެ.

  • ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ ތިރީގައިމިވާ ކަންތައްތައް ހަމަޖެހިގެންނެވެ.

    1. އެކަމަކަށް ބޭނުންވާ ފައިސާ ލިބި ޚަރަދުކުރެވޭގޮތަށް ހުރެގެން.
    2. އެކަމެއް ކުރަން ފެށުމަށް ބޭނުންވާ ހުއްދަ ލިބުމުން.