ދައުލަތުގެ މުދާ

11.22 ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތާލުން
  • ދައުލަތުގެ މުދަލެއް ވިއްކާލަންވާނީ، ނުވަތަ ނައްތާލަންވާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައިވާ، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަމުގައި ވިއްކާލަންވާނީ، ނުވަތަ ނައްތާލަންވާނީ، ނުވަތަ އުކާލަންވާނީ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާގެ ހުއްދަ ލިބިގެން، މާލީޒިންމާދާރުވެރިޔާ ނުވަތަ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. (MG/PR03)

  • ނީލަމުގައި ވިއްކާލާ މުދަލާއި ނައްތާލާ ނުވަތަ އުކާލާ މުދަލުގެ ރިކޯޑުތައް އެ އޮފީހެއްގައި ލިޔެ ފައިލުކޮށްފައި ހުންނަންވާނެއެވެ. މިގޮތުން ނީލަންކިޔާ ތަކެއްޗާއި ނައްތާލާ ނުވަތަ އުކާލާ ތަކެތި، އެ ތަކެތި ރިކޯޑުކޮށްފައިވާ ލިޔުންތަކުން ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އުނިކުރަންވާނެއެވެ.

  • ނީލަންކިޔުނު ތަކެއްޗާއި ނައްތާލި ނުވަތަ އުކާލި ތަކެތީގެ ލިސްޓު ތައްޔާރުކުރުމަށްފަހު ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.

  • ނީލަންކިޔައިގެން ލިބޭ ފައިސާ ޖަމާކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެމަތިންނެވެ.