އެއްވެސް ފައިސާއެއް ޚަރަދުކުރުމަށް ހުއްދަދޭންވާނީ، ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަކުރުމަށްފަހު ފައިސާ ޚަރަދުކުރުމުގެ ވައުޗަރާއެކު އެ ލިޔުންތައް ހަމައަށް ހުރެގެންނެވެ. ހުއްދަދިނުމުގައި މަސްއޫލިއްޔަތު އުފުލަންވާނީ އޮތޮރައިޒިންގ އޮފިސަރު ނުވަތަ އެ ވަގުތަކު އެކަމާ ހަވާލުވެހުރި އިސްވެރިޔެކެވެ. އަދި ހުއްދަދިނުމަށްފަހު ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާ ބެހޭ ފޯމުގެ ކަމާބެހޭ ގޮޅި ފުރަންވާނެއެވެ. ދެވަނަ ސޮއިކުރާ މީހާވެސް މިކަމުގައި ޒިންމާ އުފުލަންވާނެއެވެ.