ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.70 ކޮންޓްރެކްޓުގައިވާ މަސައްކަތް ބަލައިގަތުން

ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ޚިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަންނަންވާނީ، އެގްރީމެންޓުގައިވާ ގޮތުގެމަތިން އެކަންތައް ކޮށް ނިންމުމުންނެވެ. އެގްރިމެންޓާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކާފައިވާ ތަކެތި ބަލައިގަނެގެން ނުވާނެއެވެ. އެކަމެއްގެ ނުވަތަ އެ އެއްޗެއްގެ ފެންވަރު ރަނގަޅުނޫންކަމަށްވާނަމަ، އެކަމެއް ރަނގަޅުކުރުމަށް ނުވަތަ އެ އެއްޗެއް ބަދަލުކުރުމަށް އެފަރާތަކަށް އަންގާނީއެވެ. މިކަމަށް ދައުލަތުން އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެއެވެ.