ދައުލަތުގެ މުދާ

11.13 ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދުމާއި ކެނޑުން
  • ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދަންވާނީ، އެ ތަނެއް ބަލަހައްޓާ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.

  • ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ހުންނަ ބަންޑާރަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކަނޑަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. އެ ތަންތަނުގައި ހުންނަ އެނޫން ގަސްގަސް ކަނޑަންވާނީ، ނުވަތަ ނަގަންވާނީ، ނުވަތަ ވިއްކަންވާނީ އެ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.