މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.08 މަޤާމަށް މީހުން ހަމަޖެއްސުމާއި، މަޤާމުގެ ކުރިއެރުން ދިނުން
  • ހުއްދަދީފައިވާ މަޤާމަކަށް މެނުވީ މީހަކު ވަޒީފާއަށް ހަމަޖައްސައިގެން ނުވާނެއެވެ. އަދި ހަމަޖައްސާ ވަޒީފާއަކީ ހުސްކޮށް އޮތް މަޤާމަކަށް ވުމާއެކު، ބަޖެޓުގައި "މުވައްޒަފުންނަށް ހިނގާ ޚަރަދު" ގެ އައިޓަމަށް ފައިސާ ލިބިފައިވާ މަޤާމަކަށް ވާންވާނެއެވެ.

  • މަޤާމުގައި ހުރި މީހަކު ވަކި މުއްދަތެއް ހަމަވުމުން މުސާރަ ބޮޑުވާގޮތަށް ހަމަޖެހިފައިވާ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައާއި އެލަވަންސް ބޮޑުކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތިން ބަޖެޓުގައި ފައިސާ ހުރެގެންނެވެ.