ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ވަޒީފާބަޔާނުގައި އެ މުވައްޒަފު ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފިޔަވައި އޮފީހުގެ އެހެން މަސައްކަތެއް ކުރުވިކަމުގައިވިޔަސް، އެ މަސައްކަތަކީ ބޭރުމީހަކު ލައްވައި އަގުދޭގޮތަށް ކުރުވި މަސައްކަތެއްގެ ގޮތުގައި އަގެއް ދީގެން ނުވާނެއެވެ.