ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.04 ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، މާލީހިންގުމާއި، މާލީޒިންމާ އުފުލުން ވަކިން އޮންނައޮފީސްތައް
  • ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ސަރުކާރުގެ ކޮންމެ އޮފީހެއްގެ މާލީކަންކަމާއި، މާލީމުޢާމަލާތްތައް ހުންނަންވާނީ، އެ އޮފީހަކާ ގުޅޭ ސަރުކާރުގެ މަސްއޫލު އޮފީހުގެ ދަށުގައެވެ. އަދި އެ އޮފީހެއްގެ މާލީކަންތައްތަކާއި މާލީމުޢާމަލާތްތަކަށް މަސްއޫލު އޮފީހުން ޒިންމާވާންޖެހޭނެއެވެ.

  • ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، ދައުލަތުގެ މާލިއްޔަތާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މާލީޒިންމާދާރުވެރިޔަކު ހުންނަންވާނެއެވެ. މާލީޒިންމާދާރުވެރިންގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ.

  • މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އޮފީސްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ.