ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.05 ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރު
  • ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރެއްކަމަށް ބަލައި، ދަތުރު ޚަރަދުދޭނީ، ދައުލަތުގެ ބޭނުމަކަށް ކުރާ ދަތުރުތަކަށެވެ. އަދި އަތޮޅުތަކުން ކަނޑުމަގުން މާލެއަށް ގެންނަ ނުވަތަ މާލެއިން އަތޮޅުތަކަށް ކަނޑުމަގުން ފޮނުވަންޖެހޭ މީހުންގެ ދަތުރު ޚަރަދު (ކެއުމުގެ ޚަރަދާއި ދަތުރުފީ) ދޭންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.