ދައުލަތުގެ ކެޕިޓަލް ބަޖެޓުން ޚަރަދުކޮށްގެންނާއި އެހީގެގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ އަދި ކެޕިޓަލް ޚަރަދުގެގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ. އަދި ދައުލަތުގެ މުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެކަމަށް ފައިނޭންޝަލް ކޮންޓްރޯލަރ އަންގާ ހުރިހާ މުދަލެއް ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.