ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.25 ގަޑީލާރިއާއި ޖޫރިމަނާއަށް ލިބޭ ފައިސާ
  • މުވައްޒަފުންގެ ގަޑީލާރިއާއި، ޖޫރިމަނާއާއި، އަދި އެހެނިހެން ގޮތްގޮތުން ކުރެވޭ ޖޫރިމަނާއަށް ލިބޭ ފައިސާވެސް ބަލާނީ ދައުލަތުގެ އާމްދަނީއަށް ލިބޭ ފައިސާގެ ގޮތުގައެވެ.

  • މުވައްޒަފުންގެ ގަޑީލާރިއާއި ޖޫރިމަނާއަށް ނަގަންޖެހޭ ފައިސާ، ޖޫރިމަނާކުރި ނުވަތަ ގަޑިޖެހުނު މަހުގެ މުސާރަ ދޭއިރު މުސާރައިން ކަނޑަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހޯދަންޖެހޭ ގަޑީލާރިއާއި ޖޫރިމަނާފަދަ ފައިސާއެއް ނުހޯދައި އޮއްވައި އެ ފައިސާއެއް ދައްކަންޖެހޭ މުވައްޒަފު ވަޒީފާއިން ވަކިވެގެން އޭނާއަށް މުސާރަ ދޭއިރު މުސާރަ ދިނުމާ ހަވާލުވެހުރި މުވައްޒަފުގެ އިހުމާލުން އެ ފައިސާ ނުހޯދި އޮވެއްޖެނަމަ، އެ ފައިސާއެއް ދައްކަންޖެހޭނީ މުސާރަ ދިނުމާ ހަވާލުވެހުރި މުވައްޒަފެވެ.