މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.05 އުޖޫރައަށް ގެންގުޅޭ މީހުންނަށް ފައިސާ ދިނުން
  • އުޖޫރައަށް ގެންގުޅޭ މީހުންނަށް ދޭންޖެހޭ ފައިސާވެސް ދޭންވާނީ، މި ގަވާއިދުގެ 7.04 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން، ނުވަތަ އެފަދަ މުވައްޒަފުން ޚިދުމަތްކުރުމަށާއި އުޖޫރަ ދިނުމަށް އެއްބަސްވެފައިވާ ގޮތެއްގެ މަތިންނެވެ.

  • ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރަ ފައިސާގެ އަދަދު -/1,000 (އެއް ހާސް) ދިވެހިރުފިޔާއަށްވުރެ ކުޑަނަމަ ނަގުދުފައިސާއިން ދެވިދާނެއެވެ. މި ފައިސާ ދިނުމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރާއިރު، މަސައްކަތްކޮށްފައިވާ ގަޑިތައް އެނގޭގޮތަށް އެ މުވައްޒަފަކާއި އެ އޮފީހެއްގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާ ސޮއިކޮށްފައިވާ ލިޔުމެއް އޮންނަންވާނެއެވެ. ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާ ޓައިމްޝީޓްގައި އެމީހަކު މަސައްކަތްކުރި ގަޑިތައް އެނގޭނެ އަދި އެ އޮފީހެއްގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާ ގަބޫލުކުރާ ލިޔުމެއް އޮންނަންވާނެއެވެ.