ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.16 މުވައްޒަފުން މެދުވެރިކޮށް ފައިސާ ހަވާލުކުރުން

އެކި ފަރާތްތަކަށް އަދާކުރުމަށް، ނުވަތަ ހަވާލުކުރުމަށް އޮފީހުން ބޭރަށް ފައިސާ ފޮނުވާނަމަ ފޮނުވަންވާނީ، އެ ފައިސާއާ ހަވާލުވެގެންދާ މުވައްޒަފަކަށް އެ ފައިސާ ލިބުނުކަމަށް ފޮތެއްގައި ލިޔެ ސޮއިކުރުވުމަށްފަހުގައެވެ. މިގޮތުން ފޮނުވާ މުވައްޒަފުންނާއި ހަވާލުކުރި ފައިސާ، ލިބެންވާ ފަރާތްތަކަށް ހަމައަށް ހަވާލުކޮށްފައިވޭތޯ ބަލައި، ޗެކުކުރަންވާނެއެވެ. ފައިސާއެއް ނުދެއްކިގެން އަނބުރާ ގެނައިނަމަ، ގެނައިކަން އެނގޭގޮތަށް، ކަމާބެހޭ މުވައްޒަފު ސޮއިކޮށް، ހަމަ އެދުވަހު އެ ފައިސާއެއް ބަލައިގަންނަންވާނެއެވެ. މި މާއްދާގައި ބުނާ ފައިސާގެ ތެރޭގައި ނަގުދުފައިސާއާއި ފައިސާގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއްވެސް ހިމެނެއެވެ. މި މާއްދާގައިވާ ގޮތުގެމަތިން ފައިސާ ހަވާލުކުރުމަށާއި އަނބުރާ ގެންނަ ފައިސާ ބަލައިގަތުމަށް ބޭނުންކުރާ ފޮތް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV07 ގައި ވާނެއެވެ.