ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.08 ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމާއި، ހިފެހެއްޓިފައިވާ ފައިސާ
  • ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުންފަދަ ކަންތައްތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، އެ މިނިސްޓްރީއިން ހަމަޖައްސާގޮތެއްގެ މަތިންނެވެ.

  • މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގެ ބަޖެޓަށް ފައިސާ ހޯދުމުގެ މައްސަލަތަކާއި، ފައިސާއާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހަޅާނީ އެ އޮފީހަކާ ގުޅޭ މަސްއޫލު އޮފީހެއް މެދުވެރިކޮށެވެ.

  • ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެކަން ހުށަހަޅާނީ މިނިސްޓްރީ އޮފް ފިނޭންސްއަށެވެ. މިގޮތަށް ހުށަހަޅާއިރު އެ ބަދަލެއް ގެންނަން ބޭނުންވާ ސަބަބު ބަޔާންކުރަންވާނެއެވެ.

  • މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ބަދަލުކުރަން ހުށަހަޅަންވާނީ ގެންނަ ބަދަލަކާ ގުޅިގެން އުނިކުރާ އައިޓަމުން އެ އަދަދެއް އުނިކުރިނަމަވެސް ބާކީ އޮންނަ އަދަދުން އަހަރުގެ ކުރިޔަށް އޮންނަ ތާނގައި ދެކޮޅުޖެއްސޭނެނަމައެވެ.

  • މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން އޮތްނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސް ކަނޑައަޅައި އާންމުކޮށް އަންގާފައިވާ އުސޫލެއްގެ މަތިން އަދި މިނިސްޓްރީން ހަމަޖައްސައިފައިވާ ގޮތެއްގެ މަތިން، އޮފީސްތަކަށް އެ އޮފީހެއްގެ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިނޭންސްއަށް ދެވިދާނެއެވެ. މި ގޮތަށް ފުރުސަތު ދިނުމުގައި އިންޓާނަލް ކޮންޓްރޯލް ނުގެއްލޭނެ ފަދަ ގޮތަކަށް މި އުސޫލު އެކުލަވާލުމަށް މިނިސްޓްރީން ސަމާލުކަންދޭންވާނެއެވެ.

  • އޮފީސްއޮފީހުގެ މުވައްޒަފުންގެ ރަޖިސްޓަރީއަށް ނުވަތަ މުސާރައަށް ބަދަލެއް އައުމުގެ ސަބަބުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއި އުނިއިތުރު ގެންނާނީ މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ.

  • އުނިކޮށްފައި އޮންނަ ފައިސާއަކުން ކުރަންޖެހޭ ޚަރަދުތަކާއި، އެހެން ޤާނޫނެއްގެ ނުވަތަ އެހެން ގަވާއިދެއްގެ ދަށުން ހުއްދަހޯދައިގެން މެނުވީ ޚަރަދު ނުކުރެވޭފަދަ ކަމަކަށް، ޚަރަދެއްކުރަންޖެހޭފަދަ ކަމެއް ކުރަންވާނީ، އެ ޚަރަދެއް ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ލިބުމަށްފަހުގައެވެ.