ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.17 ލަފާކުރާ އާމްދަނީގެ ކޭޝްފްލޯ ތައްޔާރުކޮށް ހުށަހެޅުން

ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އާމްދަނީ ފައިސާ ޖަމާކުރަންޖެހޭ ކޮންމެ އޮފީހަކުންވެސް ތިރީގައިމިވާ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.

  • ކުރިޔަށް އޮތް މާލީއަހަރަށް، އާމްދަނީ އައިޓަމްތައް ވަކިން އެނގޭނޭހެން ތަފުސީލާއެކު، މިނިސްޓަރު އަންގާ ގޮތެއްގެމަތިން ލަފާކުރާ އާމްދަނީގެ ކޭޝްފްލޯ ސްޓޭޓްމަންޓް.
  • ކޮންމެ މީލާދީ މަހެއްގެ ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވޭތުވެދިޔަ މަހު ލިބުނު ފައިސާގެ އަދަދާއި، ލަފާކުރާ އާމްދަނީގެ އެންމެފަހުގެ ސްޓޭޓްމަންޓް.
  • މިނިސްޓްރީ އޮފް ފިނޭންސްއިން ބޭނުންވެގެން އަންގާ އެހެނިހެން މަޢުލޫމާތު.