ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

3.05 އަންދާޒާ ބަޖެޓުގެ ދެލިކޮޕީއަށް ބަދަލު ގެނައުން
  • ދައުލަތުގެ އޮފީސްތަކުން ހުށަހަޅާފައިވާ އަންދާޒާ ބަޖެޓުގެ ދެލިކޮޕީތައް ދިރާސާކުރުމަށްފަހު، އެ އަންދާޒާތަކަށް ބަދަލެއް ގެންނަންޖެހޭނަމަ އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއާ މަޝްވަރާކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ މަޝްވަރާ ބައްދަލުވުންތަކަށްފަހު، ބަޖެޓުގެ އަންދާޒާ ދެލިކޮޕީއަށް ގެނައުމަށް އެއްބަސްވެވުނު ބަދަލުތައް ހިމަނައިގެން، މިނިސްޓަރު ކަނޑައަޅާ މުއްދަތުގެ ތެރޭގައި އަންދާޒާ ބަޖެޓުގެ އެންމެފަހުގެ ދެލިކޮޕީ މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ އެންމެފަހުގެ ބަޖެޓުގެ އަންދާޒާތަކަށް އިތުރު ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަން މިނިސްޓަރަށް ފެނިއްޖެނަމަ، މިފަދަ ބަދަލެއް ނުވަތަ އިޞްލާޙެއް ގެނައުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.