ދައުލަތުގެ މުދާ

11.06 ވިއްކުމަށް ޗާޕުކުރާ ތަކެއްޗާއި ހިލޭ ލިބޭ ތަކެތި ނައްތާލުން
  • ދައުލަތުގެ އޮފީސްތަކުން ވިއްކުމަށްޓަކައި ޗާޕުކޮށްފައިވާ ނުވަތަ ގަނެފައިވާ ނުވަތަ ހިލޭ ލިބިފައިވާ ފޮތްތަކާއި، އެނޫން ބާވަތުގެ ތަކެތީގެ ތެރެއިން ވަކި މުއްދަތެއްގައި ވިއްކުމަށްފަހު ބާކީވެގެން ނުވަތަ ނުވިއްކުމަށް ކަނޑައެޅުމުގެ ސަބަބުން ނުވަތަ އެހެން ގޮތަކުންނަމަވެސް ނައްތާލަން ބޭނުންވާ ތަކެތި ނައްތާލެވޭނީ، އެ ތަކެތީގެ ސްޓޮކް، ފޮތުން ދައްކާ އަދަދާއި، ހުރި ތަކެތީގެ އަދަދު ދިމާވޭތޯ ބަލައި ޗެކުކުރުމަށްފަހު، ސްޓޮކް ބަލަހައްޓާ މުވައްޒަފާއި ޗެކުކުރި މުވައްޒަފު ސޮއިކޮށް، އެ ލިޔުން ޞައްޙަކަމަށް މާލީޒިންމާދާރުވެރިޔާ ސޮއިކުރުމުން މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ތަކެތި ނައްތާލެވޭނީ، އެ އޮފީހަކުން އެ އެއްޗެއް ނައްތާލުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަ ލިޔުމަކުން ލިބުމުންނެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ނައްތާލުމަށް ހުއްދަ ލިބޭ ތަކެތި ނައްތާލުމަށްފަހު، ނައްތާލުމުގެ މަސައްކަތުގައި އުޅުނު ދެ މުވައްޒަފަކާއި މާލީޒިންމާދާރުވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު އެމީހުންގެ ހާޒިރުގައި އެތަކެތި ނައްތާލި ގޮތް ބަޔާންކޮށް ލިޔުމެއް ތައްޔާރުކޮށް ސޮއިކުރަންވާނެއެވެ.