ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.05 ދައުލަތުން ނަގާ ލޯނާއި، ދޫކުރާ ލޯނުގެ ހިސާބު ބެލެހެއްޓުމާއި، ރިޕޯޓުކުރުން
  • ދައުލަތުން ނަގާ ލޯނުގެ ހިސާބު ބަލަހައްޓައި، ކޮންމެ 3 (ތިނެއް) މަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުން ނަގާ ލޯނުގެ ރިޕޯޓެއް މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ލޯނުގެ ޖުމުލަ އަދަދާއި، ލޯނުގެ އަދަދު އިތުރުވާ މިންވަރާއި، އިންޓަރެސްޓް އަދި އަނބުރާ ދެއްކުމަށް ހޭދަކުރިވަރު ހިމަނަންވާނެއެވެ.

  • ދައުލަތުން ދޫކުރާ ލޯނާބެހޭ ހިސާބު ބަލަހައްޓައި، ކޮންމެ 3 (ތިނެއް) މަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުން ދޫކުރާ ލޯނުގެ ރިޕޯޓެއް މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ލޯނުގެ ޖުމުލަ އަދަދާއި، ލޯނުގެ އަދަދު އިތުރުވާ މިންވަރާއި، އިންޓަރެސްޓް އަދި އަނބުރާ ލިބުނު މިންވަރު ހިމަނަންވާނެއެވެ.

  • މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، މާލީ އަހަރުގެ ކޮންމެ 3 (ތިނެއް) މަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.