ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.17 އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ސައިދިނުން
  • އޮފީހުގެ ތެރޭގައި ބާއްވާ ހަމައެކަނި އެ އޮފީހެއްގެ މުވައްޒަފުން ހިމެނޭ ދާއިމީ ދާއިމީ ކޮމިޓީތަކުގައި ހޭދަވާ ވަގުތު އެއްގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމެއް ބާއްވާ ވަގުތާ ގުޅޭގޮތަކަށް ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

  • އޮފީހުގެ ތެރޭގައި ބާއްވާ، ހަމައެކަނި އޮފީހުގެ މުވައްޒަފުން ހިމެނޭ ދާއިމީ ކޮމިޓީތަކުގެ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ދިގުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ ގުޅޭގޮތަކަށް ސައި ނުވަތަ ނުވަތަ ފިނިބުއިމެއް، ބިސްކޯދު ފަދަ ލުއިކާނާއަކާއެކު ދެވިދާނެއެވެ.

  • ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ދިގުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ ގުޅޭގޮތަކަށް ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

  • ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ އެކަށީގެންވާ ގޮތަކަށް މީހަކަށް -/20 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަކަށް ދެވިދާނެއެވެ.

  • މި ނަންބަރުގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުން ސަޔެއް ދޭގޮތަށް ދައުލަތުގެ ތަންތަނުގައި ބާއްވާ އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގެ ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި އެދުވަހަކު ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ނަމާއި މަޤާމާއި، ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައް އެނގޭނޭގޮތަށް ޔައުމިއްޔާކުރެވިފައި އޮންނަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުން އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކާއި، ވަރކްޝޮޕް، ސެމިނާރު، މުބާރާތްތައް ފަދަ ކަންތައްތަކުގެ ފެށުމާއި ނިމުން ފާހަގަކުރުމަށް ބާއްވާ ހަފުލާތަކުގައި ކެއުމާއި ސައި ހަމަޖައްސަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލުންނެވެ.

  • ދައުލަތުގެ އޮފީސްތަކުން ބާއްވާ ވަރކްޝޮޕް، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އޮފީހުގެ މުވައްޒަފުންނާއި، އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް، 5 (ފަހެއް) ގަޑިއިރަށްވުރެ މަދުނޫން ވަގުތު ހޭދަވާގޮތަށް ހިންގާ ޕްރޮގްރާމުތަކަށް ކެއުމާއި ސައި ހަމަޖެއްސިދާނެއެވެ. މިފަދަ ޕްރޮގްރާމުތަކަށް ކެއުމާއި ސައި ހަމަޖައްސާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާއެއްގޮތަށެވެ.