ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.76 ކޮންޓްރެކްޓާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

ކޮންޓްރެކްޓް އުސޫލުން ކުރާ ކަންތައްތަކުގައި، ގަވާއިދާ ޚިލާފުވުމާ ގުޅިގެން ކުރާ ކުށްތަކާއި ލިޔެކިޔުމަށް ބަދަލުގެނެސްގެން ކުރާ ކުށްތަކާއި، ނިންމުމަށް އިޙުތިރާމްނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ، މި ގަވާއިދުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުވުމާއި، ޚިދުމަތް ހޯދުމާއި، ތަކެތި ގަތުމުގައި އެއްބަސްވާ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން ކަންތައްކުރަންޖެހޭ ގޮތާއި، ދެވޭ އަދަބު (މި ގަވާއިދުގެ 17.17 ވަނަ މާއްދާއިން 17.20 ވަނަ މާއްދާއަށް) ހިމެނޭ މާއްދާތަކުގައިވާ ގޮތުގެމަތިންނެވެ.