ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.06 ލޯނު ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ދައުލަތުން ނަގާ ލޯނުގެ ހިސާބުތައް ބެލެހެއްޓުމުގައި، ތިރީގައިމިވާ ބާވަތުގެ ކަމެއް ހިނގައިފިނަމަ، ލޯނު ރަޖިސްޓަރީއާއި ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ލޯނާގުޅޭ އެހެނިހެން މަޢުލޫމާތު ފައިލުތައް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެއެވެ.

    1. ކުރިން ނަގާފައިވާ ލޯނެއްގެ އަދަދު އިތުރުވުން.
    2. ލޯނު ދައްކަންޖެހޭ މުއްދަތާއި ތާވަލު ބަދަލުވުން.
    3. މުޅި ލޯނު ނުވަތަ ލޯނުގެ ބައެއް ކެންސަލްވުން.
    4. ލޯނު އެއްބަސްވުމާ ޚިލާފުވުން.
    5. ލޯނުގައި ބައިވެރިވާ ފަރާތަކަށް ބަދަލެއް އައުން.
    6. ލޯނުގެ ސެކިއުރިޓީއަށް ނުވަތަ ގެރެންޓީއަށް ބަދަލެއްއައުން.
  • މާލީއަހަރުގެ ތެރޭގައި ބާކީހުރި ލޯނުގެ އަދަދަށް، އަހަރުގެ ތެރޭގައި ބޭރުފައިސާގެ އަގަށް އަންނަ ބަދަލުން ކުރާ އަސަރު އެ އަހަރެއްގެ މާލީހިސާބުތަކުގައި ބަޔާންކުރަންވާނެއެވެ.