ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.15 އިންޝުއަރކުރުން
  • ދައުލަތުގެ މުދަލާއި ފައިސާއަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުދަލާއި ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަދޭ ގޮތެއްގެމަތިން އިންޝުއަރކުރެވިދާނެއެވެ. މިގޮތުން އިންޝުއަރކުރުމުގައި އިންޝުއަރެންސް ޕޮލިސީ ނަގަންވާނީ، ލިބިދާނެ ގެއްލުންތަކާއި، ކޮށްފާނެ އަސަރުތަކާއި، ޕްރިމިއަމްގެ އަގަށް ބަލައިގެން އެ އޮފީހެއްގެ ބަޖެޓުގައި ފައިސާ ހުރެގެންނެވެ.

  • އިންޝުއަރކުރާނެ ފަރާތެއް ހޯދަންވާނީ، ބީލަމުގެ އުސޫލުން އާންމުކޮށް އިޢުލާންކޮށްގެންނެވެ.

  • އިންޝުއަރެންސް ކަވަރޭޖް ފައިނޭންޝަލް ކޮންޓްރޯލަރ މުޠާލިޢާކުރަމުން ގެންދަންވާނެއެވެ.

  • އިންޝުއަރެންސް ޕޮލިސީ އައުކުރުމުގެ ކުރިން، އިންޝުއަރކުރާ މުދަލުގެ އަގާއި މުއްދަތު އިތުރުކުރުމާ ނުވަތަ އުނިކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.

  • އިންޝުއަރކޮށްފައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ލިބޭ ގެއްލުމަކާ ގުޅިގެން، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ކަންތައް މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެމަތިން އެ އޮފީހަކުން ކުރިޔަށް ގެންދަންވާނެއެވެ.

  • އިންޝުއަރެންސް ޕޮލިސީއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.