ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.19 ކޮންޓްރެކްޓް ފުރިހަމަނުކޮށް ދޫކޮށްލުމުން އެޅޭނެ ފިޔަވަޅު
  • ކޮންޓްރެކްޓާ ހަވާލުވެ މަސައްކަތް ވަކި ހިސާބަކަށް ގެންދިޔުމަށްފަހު، އެ ކޮންޓްރެކްޓެއް ދޫކޮށްލައިފިނަމަ، 1 (އެކެއް) އަހަރު ވަންދެން ދައުލަތުގެ އެއްވެސް މަސައްކަތެއް އެފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.

  • ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު މަސައްކަތް ނުފަށައި އެ ކޮންޓްރެކްޓް ދޫކޮށްލައިފިނަމަ، ބިޑްސެކިއުރިޓީއަށް ބެހެއްޓި ފައިސާ ދައުލަތަށް ނަގަންވާނެއެވެ. އަދި އެފަރާތަކާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ދައުލަތުގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްގެން ނުވާނެއެވެ.

  • ކޮންޓްރެކްޓެއް ވަކި ފަރާތަކަށް ދޭން ނިންމާފައިވަނިކޮށް އެ ފަރާތުން ކޮންޓްރެކްޓާ ހަވާލުނުވެއްޖެނަމަ، އެ ކޮންޓްރެކްޓްގެ ބިޑްސެކިއުރިޓީއަށް ބެހެއްޓި ފައިސާ ދައުލަތަށް ނަގަންވާނެއެވެ.