ދައުލަތަށް ލިބޭ އެހީން ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

9.04 ދައުލަތަށް ލިބޭނެ އެހީ ބަޖެޓްކުރުން
  • ދައުލަތަށް އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ފައިސާ އަންދާޒާ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ބޭރުގެ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކަށް ހިނގާނެ ޚަރަދުވެސް ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާއިން ކުރެވޭ ޚަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނަންވާނެއެވެ.

  • ބަޖެޓާއި ހިސާބުތައް ބެލެހެއްޓުމުގައި، އެހީދޭ ފަރާތްތަކުން ސީދާ ކުރާ ޚަރަދުތަކާއި، ފައިސާއިން ހިންގާ މުޢާމަލާތްތައް ވަކިން އެނގޭނޭގޮތަށް ބަލަހައްޓަންވާނެއެވެ.

  • ސީދާ އެހީދޭ ފަރާތްތަކުން ކުރާ ޚަރަދުތަކާބެހޭ މަޢުލޫމާތު، އެފަރާތްތަކުން ހޯދަންވާނެއެވެ.