ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.07 އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމާއި ފައިސާ ގެނައުން
  • އަތޮޅުތަކުގައި ހުންނަ ދައުލަތުގެ ތަންތަނާއި ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމާއި ގެނައުމުގައި، ބޭންކް މެދުވެރިކޮށް ފައިސާ ފޮނުވެން ހުންނަ ތަންތަނަށް ފައިސާ ފޮނުވަންވާނީ ނުވަތަ ގެންނަންވާނީ، ބޭންކް މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފައިސާ ފޮނުވާނީ ނުވަތަ ގެންނާނީ، އެ ރަށެއްގައި ހުންނަ އެ ދާއިރާއަކާ ގުޅޭ ދައުލަތުގެ އޮފީހެއް މެދުވެރިކޮށެވެ.

  • ބޭންކެއްގެ ގޮތްޕެއް ހުޅުވިފައިނުވާ އަތޮޅުތަކުގައި ހުންނަ ދައުލަތުގެ ތަންތަނަށް ފައިސާ ފޮނުވުމުގައި، އެ އޮފީހަކާ ގުޅިފައިވާ ތަނެއްގެ މުވައްޒަފަކާ ހަވާލުކޮށް ފައިސާ ފޮނުވިދާނެއެވެ.

  • އަތޮޅުތަކަށް ފޮނުވާ ފައިސާއާއި، އަތޮޅުތަކުން މާލެއަށް ފޮނުވާ ފައިސާ ފޮނުވަންވާނީ، އެ ފައިސާގެ އަދަދާއި، އެއީ ކޮން ފައިސާއެއްކަން އޮޅުންފިލާނެ ރަސްމީ ލިޔުމަކާ އެކުގައެވެ.