ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.13 ދައުލަތުގެ އޮފީސްތަކުން ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓު ހުށަހެޅުން
  • ދައުލަތުގެ އޮފީސްތަކުގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުގެ "ދަތުރު ރިޕޯޓު" އެ ދަތުރެއް ނިމޭތާ، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ އޮފީހަކަށް ހުށަހަޅަންވާނެއެވެ. "ދަތުރު ރިޕޯޓު" ގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ދަތުރުކުރި ތަން
    2. ދަތުރުގެ ބޭނުން
    3. ދަތުރުގެ ބައިވެރިން (ނަމާއި، މަޤާމު އެނގޭގޮތަށް)
    4. ދަތުރު ފެށި ތާރީޚާއި ގަޑި، އަދި ނިމުނު ތާރީޚާއި ގަޑި
    5. ދަތުރުން ހާސިލުކުރެވުނު ކަންތައްތައް
    6. ދަތުރު ޚަރަދަށް ހަވާލުކުރި ފައިސާއާއި، ކުރެވުނު ޚަރަދާއި ބާކީގެ ހިސާބު
  • މި މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައިވާ ހިސާބުގައި ފައިސާ ބާކީހުރިކަމަށް ދައްކާނަމަ، ދަތުރު ނިންމާފައި އަންނަތާ ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފައިސާ އެއްފަހަރާ އެ އޮފީހަކަށް ހަވާލުކޮށް ރަސީދު ހޯދަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ލިބޭ ފައިސާ، އެ ފައިސާ ނެގި އެކައުންޓަކަށް ނުވަތަ އައިޓަމަކަށް އަނބުރާ ޖަމާކުރަންވާނެއެވެ.