ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.05 ޕޭމަންޓް ވައުޗަރުގެ މަސައްކަތް މުވައްޒަފުންނާ ހަވާލުކުރުން

ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގެ ކަންތައްތައް ރާވައި ހިންގުމުގައި، ތިރީގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  • ފައިސާއާބެހޭ މަސައްކަތް، ތަނުގައި މުވައްޒަފުން ތިބި ނިސްބަތަކުން މުވައްޒަފުންގެ ތެރޭގައި މަސައްކަތް ބަހާލައިގެން، އެކަކަށް އެއްކަހަލަ މަސައްކަތް ތަކުރާރުނުވާނެ ގޮތަށް މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.

  • ފައިސާއާބެހޭ މުޢާމަލާތްތައް ހިންގުމުގައި، ފެށުނީއްސުރެ ނިމެންދެން، ކުރަންޖެހޭ ހުރިހާ ކަމެއް އެކަކު ކުރާގޮތަށް މުވައްޒަފުންނާ މަސައްކަތް ހަވާލުނުކުރުން.

  • ތަކެތި ހޯދުމާއި، ހޯދޭ ތަކެއްޗަށް ފައިސާ ދެއްކުމާއި، ޚަރަދުކުރެވޭ ފައިސާއާބެހޭ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް ތަފާތު މުވައްޒަފުންނާ ހަވާލުކޮށްގެން ކުރާގޮތަށް ހަމަޖެއްސުން.

  • ދައުލަތުގެ އޮފީސްތަކުގެ މަސައްކަތުގެ ކުޑަބޮޑުމިނަށާއި، ހޭދަކުރާ ފައިސާގެ އަދަދާއި، ޓްރާންސެކްޝަނުގެ އަދަދާއި، ޓްރާންސެކްޝަނުގެ ބާވަތަށް ބަލާއިރު، އެކި އޮފީސްތަކުގައި ކޮންމެހެން ބަލަހައްޓަންޖެހޭ ކޮންޓްރޯލްތައް ތަފާތުވާނެތީ، އެކަންތައްތަކަށް ބަލައިގެން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ފެންނަ ގޮތެއްގެމަތިން މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.