ދައުލަތުގެ މުދާ

11.15 ގަނެވޭ މުދާ ސްޓޮކްބާކީގައި ހިމެނުން

ދައުލަތުގެ ބޭނުމަށް ގަންނަ މުދަލުގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި، ސްޓޮކްބާކީއަށް ވައްދަންވާނެއެވެ. ނަމަވެސް ވަކި މުވައްޒަފަކާ ހަވާލުކުރެވިފައިވާ ޚާއްޞަ މަސައްކަތަކަށް ގަނެވޭ، އާންމުކޮށް ސްޓޮކްގައި ނުހުންނަ އެއްޗެއް އެ މުވައްޒަފަކާ ހަވާލުކޮށް ސޮއިކުރުވުމުން، ނުވަތަ ކުރެވެމުންދާ ވަކި މަސައްކަތަކަށް ގަނެވޭ ތަކެތި އެ މަސައްކަތެއް ކުރާ ފަރާތާ ހަވާލުކޮށް ސޮއިކުރުވުމުން ފުދޭނެއެވެ.