ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.15 ދައުލަތުގެ އޮފީސްތަކަށް ލިބޭފައިސާ ޖަމާކުރުން
  • ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

  • އެކި ކަންކަމަށް ލިބޭ ފައިސާ، ލިބުނުވަރު ވަކިވަކިން އެނގޭގޮތަށް ހިސާބު ބަލަހައްޓަންވާނެއެވެ.

  • ކޮންމެ ދުވަހަކު ފައިސާ ޖަމާކުރުމަކީ ދަތިކަމަކަށްވެފައި، އަދި ޖަމާނުކޮށް ބެހެއްޓޭ ފައިސާ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ބެހެއްޓޭނަމަ، ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓޭނީ އެއޮފީހެއްގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ލިބިގެންނެވެ.

  • ލިބޭފައިސާ ޖަމާކުރާއިރު، ލިބުނު ފައިސާގެ ގޮތުގައި ކޭޝްފޮތުގައި ރިކޯޑުކޮށްފައިވާ ފައިސާގެ އަދަދުތައް އެއްކޮށް، ލިބުނު ފައިސާގެ ޖުމުލައާއި އަތުގައިހުރި ފައިސާގެ ޖުމުލަ ދިމާކުރަންވާނެއެވެ. މިގޮތުން ހިސާބު ދިމާކުރި ގޮތް ލިޔުމުން ފެންނަން އޮންނަންވާނެއެވެ.

  • ކޮންމެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާއާއި ކޭޝްފޮތުގެ ބާކީއާ ދިމާވޭތޯ ބަލައި، ލިބުނު އަދަދު ހަމައަށް ބޭންކަށް ޖަމާކުރަންވާނެއެވެ.

  • ފައިސާ ބަލައިގަނެ ރަސީދު ހަދައި ކޭޝްފޮތަށް އަރުވައި ބޭންކަށް ޖަމާކުރަން ޖެހިފައިވާ އެއްވެސް ފައިސާއެއް ތިޖޫރީގައި ނުވަތަ ފައިސާ ރައްކާކޮށްފައި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ތަނެއްގައި ނޫނީ ބަހައްޓައިގެން ނުވާނެއެވެ.

  • ބޭންކަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް ބޭންކުން ބަލައިގަތްކަމުގެ ބޭންކް ތައްގަނޑު ޖަހާފައިވާ ޑިޕޮޒިޓް ސްލިޕެއް ނުވަތަ ލިޔުމެއް ހޯދަންވާނެއެވެ. އަދި ޖަމާކުރެވުނު ތަރުތީބުން މި ލިޔުން ފައިލުކުރަންވާނެއެވެ.

  • ފައިސާ ބަލައިގަންނަ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކަލެކްޓަރެއްގެ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތު ހަމަޖެހިފައި ނެތް މުވައްޒަފަކު ފައިސާ ބަލައިގަތްނަމަވެސް، އެ މުވައްޒަފަކު ބަލައިގަތް ފައިސާއަކަށް، ފައިސާ ބަލައިގަތް މުވައްޒަފެއްގެ ގޮތުގައި ނަގަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.