ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.48 އާންމުކޮށް ކުރާ ޕްރޮކިއުމަންޓުގެ ކަންތައްތައް ވަޒަންކުރާނެ ގޮތްތައް
  • އާންމުކޮށް މުދާ ގެންނަ ފަރާތްތަކުންނާއި، މަސައްކަތްކުރާ ފަރާތްތަކުންނާއި، ޚިދުމަތްދޭ ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ކުރާ ކަންތައްތަކުގައި، އެކަމެއް ހަވާލުކުރާނެ ފަރާތެއް ހޮވައި ވަޒަންކުރުމުގައި ބަލަންވާނީ، އެ އޮފީހަކުން ބޭނުންވާ ކަންތައްތައް ފުރިހަމަވާ އެންމެކުޑަ އަގެއް ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބަލައި ވަޒަންކޮށްގެން އޭގެތެރެއިން އެންމެ އެކަށީގެންވާ ފަރާތެކެވެ.

  • އެންމެ ފަރާތަކުން ހުށަހަޅާ ޓެންޑަރ ވަޒަންކުރުމުގައި ބަލަންވީ ގޮތް ތިރީގައި މިވަނީއެވެ.

    1. ބޭނުންވާ ކަންތައްތަކުގެ ކަރުދާހުގައިވާ ފަދައިން އެ އޮފީހުގެ ފަންނީ ބޭނުންތަކާއި އެއްގޮތްވާ ގޮތުގެމަތީން އޮތް ޓެންޑަރެއްތޯ.
    2. އެ އޮފީހަކުން ހުށަހަޅާފައިވާ ޝަރުޠުތަކަށް އެއްބަސްވުން ނުވަތަ އެ އޮފީހަކުން ގަބޫލުކުރެވޭފަދަ ޝަރުޠުތަކެއް ހުށަހަޅާފައިވޭތޯ.
    3. އެކަށީގެންވާ އަގަކަށް ކުރިން ގަނެވިފައިވާ ބާވަތެއްގެ މުދަލެއްގެ ނުވަތަ މަސައްކަތެއްގެ ނުވަތަ ޚިދުމަތެއްގެ ޚަރަދުގެ ތެރޭގައި ހިމެނޭ ކޮންމެ ބައެއް ވަކިވަކިކުރުމާއެކު ހާލަތާއި، ޕްރޮކިއުމަންޓުގެ ޖުމުލަ އަގަށް ރިޢާޔަތްކުރުން.