ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.27 އާމްދަނީ ފައިސާ ރިފަންޑްކުރުން
  • ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި މެނުވީ އާމްދަނީ ފައިސާއެއް ރިފަންޑެއް ނުކުރެވޭނެއެވެ.

    1. ބަލައިގަނެވޭ އާމްދަނީ ފައިސާއަކީ ޤާނޫނަކުން ނުވަތަ ޤާނޫނެއްގެ ބާރު ލިބިގެން ހެދޭ ގަވާއިދެއްގެ ދަށުން ބަލައިގަތުމަށް ކަނޑައެޅިފައިވާ ފައިސާއަކަށްވެފައި، އެ ޤާނޫނުގެ ނުވަތަ އެ ގަވާއިދުގެ ދަށުން އެ ފައިސާ އަނބުރާ ދޭންޖެހުން.
    2. ނަގަން ނުޖެހޭ ފައިސާއެއް ނެގުމުގެ ސަބަބުން ރިފަންޑް ދޭންޖެހުން.
    3. ފައިނޭންޝަލް ކޮންޓްރޯލަރ ލިޔުމަކުން ދޭ ޚާއްޞަ ހުއްދައެއްގެ ދަށުން ދޭންޖެހޭ އެހެނިހެން ރިފަންޑް ދިނުމަށް.
  • ރިފަންޑް ފައިސާ ދިނުމަށް ހުއްދަދެވޭނީ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ނުވަތަ މާލީޒިންމާދާރުވެރިޔާ ކަނޑައަޅައި، ލިޔުމަކުން ހުއްދަދޭ މުވައްޒަފަކަށެވެ. އަދި މިފަދަ ހުއްދަދެވޭ ފަރާތްތައް ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން އަންގަންވާނެއެވެ.

  • އާމްދަނީ ފައިސާއިން ދޭ ރިފަންޑް ވައްދަންވާނީ، އެކަމަކާގުޅޭ އާމްދަނީ ކޯޑަކަށް ނުވަތަ އެ ފައިސާ ދިނުމަށް ފައިނޭންޝަލް ކޮންޓްރޯލަރ އަންގާ ބަޖެޓް ކޯޑަކަށެވެ. ކުރީ އަހަރެއްގެ އާމްދަނީން ދޭ ރިފަންޑެއް ވައްދާނީ ފައިނޭންޝަލް ކޮންޓްރޯލަރ ލިޔުމަކުން ބަޔާންކުރާ އެކައުންޓަކަށެވެ.