އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.11 އެޑްވާންސް ފަންޑް އަދި އެ ފަންޑު ބޭނުންކުރެވޭ ގޮތް
  • އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވޭނީ ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ.

    1. އާންމު ޚިދުމަތްތަކަށާއި، ކެޕިޓަލް ޚަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދިނުމަށް.
    2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖެއިން ބޭރުގައި ހިންގާ ސަރުކާރުގެ އޮފީސްތަކުގެ ޚަރަދުތަކަށް ފައިސާ ދިނުމަށް.
  • މި މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ އިތުރުން ތިރީގައިމިވާފަދަ ކަންތައްތަކާ ގުޅިގެންވެސް އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވިދާނެއެވެ.

    1. ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭގޮތަށް ކުއްލިއަކަށް ދިމާވާ ކަމަކާ ގުޅިގެން ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް.
    2. ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.
    3. އާންމު ޚިދުމަތްތަކަށާއި ކެޕިޓަލް ޚަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދޫކުރުމަށް.
  • އެޑްވާންސް ފަންޑުން ފައިސާ ނެގުމަށްޓަކައި، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނީ، ފައިނޭންޝަލް ކޮންޓްރޯލަރ ކަނޑައަޅާ ފޯމެޓަކާ އެއްގޮތަށް މާލީޒިންމާދާރުވެރިޔާއެވެ.މި މާޢްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ކަމަކަށް މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން، އެ ލިޔމުގައިވާ ގޮތުގެމަތިން މެނުވީ، އެޑްވާންސް ފަންޑުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

  • އެޑްވާންސް ފަންޑުން ފައިސާ ނެގުމަށް، ހިނގާ މާލީއަހަރުގެ ތެރޭގައި ދީފައިވާ ހުއްދަ، އެ އަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް ބާޠިލުވާނެއެވެ.